ރާއްޖޭގެ ފަޅު ރަށަކުން ސޯމާލިއާގެ ބަޔަކު ފެނިއްޖެ

ރާއްޖޭގެ ފަޅު ރަށަކުން ސޯމާލިއާގެ ބަޔަކު ފެނިއްޖެ

Author
އަހުމަދު
22 ޖޫން 2024 11:50
0

ރާއްޖޭގެ ފަޅު ރަށަކުން ސޯމާލިއާގެ ބަޔަކު މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ ނ. އަތޮޅު ވަވަތިއަށް މިއަދުގެ ވަގުތެއްގައި ޑިންގީއެއް ލައްގާފައިވާ ކަމަށް މައުލޫމާތު ލިބިގެން ގޮސް ބެލިއިރުގައި އޭގައި ސޯމާލިއާއަށް ނިސްބަތްވާ ތިން މީހަކު ތިބި ކަމަށެވެ. ވަވަތިއަކީ ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ވެލާ ރިސޯޓު ކައިރީގައި އޮންނަ ފަޅު ރަށެކެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މި ތިން މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.