މަރަދޫން ދައްކައި ދިނީ ނާޗަރަންގީއާ ނުލާ އީދު ފާހަގަކުރެވޭނެ ކަން: އަނީލް

މަރަދޫން ދައްކައި ދިނީ ނާޗަރަންގީއާ ނުލާ އީދު ފާހަގަކުރެވޭނެ ކަން: އަނީލް

Author
އަހުމަދު
22 ޖޫން 2024 11:44
0

ނާޗަރަންގީއާ ނުލައި ވެސް އީދު ފާހަގަ ކުރެވިދާނެ ކަން މި އަހަރުގެ އަޟްހާ އީދުގައި އައްޑޫ ސިޓީ މަރަދޫގައި ހިންގި ހަރަކާތްތަކުން ދައްކުވައިދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީލް މިއަދު ވިދާޅުވެއްޖެއެވެ.

އަނީލް މިއަދު ފޭސްބުކް ޕޯސްޓެއްގައި ވަނީ މަރަދޫގައި "އައްޑޫ އީދި ސަމާ 1445″ ގެ ހަރަކާތްތައް ހިންގި ޓީމަށް މަރުހަބާ އާއި ޝުކުރު ވެސް ދަންނަވާ ކަމަށެވެ.

އަނީލް ވިދާޅުވީ މަރަދު އަކީ ކޮމިއުނީޓީގެ އެއްބައިވަންތަކަމުގައި މުޅި އައްޑު އަށް ނަމޫނާއެެއް ކަމަށެވެ.

"މަރަދު އަކީ ކޮމިއުނިޓީއާ ގުޅޭ ހިސާބުން ސިޔާސީ ފިކުރު އެއްފަރާތް ކުރުމަށް ފަހު އެއްކޮށް ގުޅިގެން މަސައްކަތް ކުރުމުގެ ނަމޫނާއެއް." އަނީލް ވިދާޅުވިއެވެ.

އަނީލް ވިދާޅުވީ މަރަދޫގެ އީދު ހަރަކާތްތަކުގައި ރަނގަޅުކޮށްލަން ޖެހޭ ބައެއް ކަންކަން ވެސް ފާހަގަކުރެވުނު ކަމަށެވެ އެހެންވެ ކަންކަން ހިއްސާކުރަން ޖެހޭ ފަރާތްތަކާ ހިއްސާކުރައްވާނެ ކަމަށެވެ.

"އައްޑޫ އީދި ސަމާ 1445″ ގެ ނަމުގައި ކައުންސިލުން އިންތިޒާމުކޮށްގެން އައްޑޫގެ ހުރިހާ އަވަށްތަކެއްގައި ވަރަށް ގިނަ ހަރަކާތްތައް ހިންގާފައިވެއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.