މާލޭގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

Author
އަހުމަދު
20 ޖޫން 2024 07:50
0

މާލޭގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ ބަންގްލަދޭޝްގެ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ.

އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

ބަންދު އަމުރުގައިވާ ގޮތުން އެމީހާ ރާއްޖެ އައީ ބާރ ޓެންޑަރ އެއްގެ ގޮތުގައެވެ. އޭނާ މަސައްކަތް ކުރާ ތަނުގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު ކަމަށް، ރަހީނުކޮށް އަނިޔާ ލިބުނު މީހާ ބުނެފައިވާ ކަމަށްވެސް އަމުރުގައިވެއެވެ. އަދި މި މީހާ އަށް އަނިޔާވެސް ކޮށްފައިވާ ކަމަށް އަމުރުގައިވަނީ ބުނެފައެވެ. 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.