ރާއްޖެ ހިމެނޭ ރީޖަލްގެ ކަންޓްރީ ޑައިރެކްޓަރއަކަށް ވާލްޑް ބޭންކުން ބޭފުޅަކު އައްޔަން ކޮށްފި

ރާއްޖެ ހިމެނޭ ރީޖަލްގެ ކަންޓްރީ ޑައިރެކްޓަރއަކަށް ވާލްޑް ބޭންކުން ބޭފުޅަކު އައްޔަން ކޮށްފި

Author
ހުސައިން
20 ޖޫން 2024 01:10
0

ރާއްޖެ ހިމެނޭ ރީޖަލްގެ ކަންޓްރީ ޑައިރެކްޓަރއަކަށް ވާލްޑް ބޭންކުން ބޭފުޅަކު އައްޔަން ކޮށްފިއެވެ. މި މަގާމަށް ވާރލްޑް ބޭންކުން ހަމަޖައްސާފައިވަނީ ޑޭވިޑް ސިސްލެންއެވެ. އޭނާ ކަނޑައަޅުއްވާފައިވަނީ ރާއްޖެ، ނޭޕާލް އަދި ސްރީލަންކާގެ ކަންޓްރީ ޑައިރެކްޓަރއަކަށެވެ.

ވާރލްޑް ބޭންކުން ބުނެފައިވަނީ އޭނާ ސިސްލެން ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަމަހުން ފެށިގެން ކަމުގައެވެ.

އޭނާ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ ލެޓިން އެމެރިކާ އަދި ކެރިބިއަން ސަރަހައްދުގެ ޕްރެކްޓަކްސް މެނޭޖަރެއްގެ މަގާމްގައެވެ. އޭނާ ވާލްޑްބޭންކާއި ގުޅިވަޑައިގަތީ 2001 ވަނަ އަހަރުއެވެ. އެމެރިކާއާއި އިޓަލީގެ ރައްޔިތުކަން އޮންނަ ސިސްލެންވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރައްވާފައެވެ.

އޭނާ ވިދާޅުވެފައިވަނީ ރާއްޖެ، ނޭޕާލް އަދި ލަންކާގެ ކަންޓްރީ ޑިރެކްޓަރުގެ ހައިސިއްޔަތުން އެގައުމުތަކުގެ ސަރުކާރުތަކުގެ އިތުރުން ގައުމުގެ ތަކުގެ ވިޔަފާރިއާއި ތަރައްގީއާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން އުފެއްދުންތެރި މަސައްކަތްތަކެއް ކުރައްވަން ބޭނުންފުޅު ވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.