ގެއްލުނު ކުއްޖާ ފެނިއްޖެ، ހާލު ރަގަޅު

ގެއްލުނު ކުއްޖާ ފެނިއްޖެ، ހާލު ރަގަޅު

Author
ޙަސަން މުޙައްމަދު
20 ޖޫން 2024 10:12
0
ޚަދީޖާ ޔަލްވީ ރޭގެ ވަގުތެއްގައި މާލެއިން ފެނިއްޖެ ކަމުގައި ފުލުހުން ބުނެފިއެވެ. އަދި އެކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

14 އަހަރުގެ ކުއްޖަކު ގެއްލިގެން ފުލުހުން ހޯދަން ފަށާފައިވަނީ އިއްޔެއެވެ. ފުލުހުން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، ގެއްލިގެން ހޯދަމުންދިޔައީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ (14އ)ކަމަށެވެ.

އޭނާގެ ޚަބަރެއް އާއިލާއަށް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ޚަދީޖާ ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު، ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ޚަދީޖާ ޔަލްވީ ގެއްލުނު ސަބަބެއް އަދި ފެނުނީ ކޮންތާކު ހުއްޓާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.