ކ.ތިލަފުށީގައި ހުރި "ރާއްޖެ ލޮޖިސްޓިކްސް" ގުދަނުގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް މިއަދު 14:35 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ގުދަނުގައި ރޯވި އަލިފާން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ނިއްވާލެވުނީ މިއަދު 15:35 ހާއިރުއެވެ.
މި ހާދިސާގައި ގުދަނުގައި ހުރި ހާޑްވެއަރ ސާމާނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ