މާފަންނު ގެއަކުން ރޭ ފެނުނު ހަރުފަ ސިފައިންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
ރޭ މާފަންނު ތިލާކޮޅުގޯޅިން ފެނުނު މި ހަރުފަ އަތުލައިގަތުމުގައި ފުލުހުންވެސް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
"ޚަބަރު އޮންލައިން"އަށް މައުލޫމާތުދިން، އެ ސަރަހައްދުގައި ހުރި ފަރާތަކުން ކިޔައިދީފައިވާ ގޮތުގައި، އެ ހަރުފަ އެންމެ ފުރަތަމަ ފެނުނީ މ. ތިލާކޮޅުގޭ ފާރުން އެގޭގެ މީހަކަށް ކަމަށާއި، ހަރުފަ އޮތްކަން އާންމުގެ ސަމާލުކަމަށް ގެނައީ އޭނާ ކަމުގައެވެ.
ހަރުފަ ފެނިފައިވަނީ ރޭ 09:06 ހާއިރު އެވެ
މި ކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ