ވޮއްމުލި ރިސޯޓް ކައިރިން ދެ ލޯންޗެއް އެކްސިޑެންޓްވެ ރޭ ހިނގި ކަނޑުމަތީ އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ރޭގެ އެކްސިޑެންޓް މައުލޫމާތު ލިބުމާއެކު ސީނަށް ގޮސް ފުލުހުން ހަރަކާތްތެރިވެފައިވާ ކަމުގައެވެ.
ފުލުހުން ބުނެފައިވަނީ މި ހާދިސާގައި އަނިޔާވެފައިވަނީ އެކްސިޑެންޓްވި ދެ ލޯންޗްގެ ތެރެއިން އެއް ލޯންޗުގައި ތިބި ދެމީހަކަށް ކަމުގައެވެ. އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކާއި އަންހެނަކަށެވެ. އެހެންނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތައް ސީރިއަސް ނޫންކަމަށް އެނގިފައި ވެއެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ