ރޭގެ އަލިފާނުގެ ހާދިސާގައި 5 ސައިކަލް ވަނީ އަނދާ ހުލިވެފަ

ރޭގެ އަލިފާނުގެ ހާދިސާގައި 5 ސައިކަލް ވަނީ އަނދާ ހުލިވެފަ

Author
ހުސައިން
17 ޖޫން 2024 10:13
0

ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 5 ސައިކަލެއް އަނދާ ހުލިވެއްޖެއެވެ.

މި ހާދިސާގެ ރިޕޯޓް ރޭ 00:37 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ސދަސދަ
އެގޮތުން، އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 00:42 ހާއިރުއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާ ލިބިފައި ނުވާކަމުގައެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.