ރޭގެ މާރާމާރީގައި ހައްޔަރުކުރި 4 މީހުންވެސް ތަހުގީގު ނިމެންދެން ބަންދަށް

ރޭގެ މާރާމާރީގައި ހައްޔަރުކުރި 4 މީހުންވެސް ތަހުގީގު ނިމެންދެން ބަންދަށް

Author
ހުސައިން
16 ޖޫން 2024 10:00
0

ދަރުބާރުގޭ ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހަކު ތަހުގީގު ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ، މި ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މި މާރާމާރީ ހިނގަން މެދުވެރިވީ ސަބަބެއް ފުލުހުން އަދިވެސް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ ރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީގައި މާރާމާރީ ހިންގުމުގެ ސަބަބުން މީހަކަށް އަނިޔާވެގެން އޭނާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި އެއަށްފަހު ރޭ ދަންވަރުވެސް އަދި މިއަދުވެސް ވަނީ މާރާމާރީއެއް ހިނގާފައެެވެ. މީގެ ތެރެއިން އެއް މާރާމާރީގައި، މާރާމާރީ ހިންގުމަށްފަހު ފިލަންދިޔަ މީހާވަނީ ކާރަކުން ފުލުހުންގެ ގައިގައި ޖައްސާފައެވެ. އަދި ފުލުސް މީހާއަށް އަނިޔާވެ ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވެއެވެ

ފުލުހުން ދަނީ މި މާރާމާރީތަކުގެ ތަހުގީގު ކުރިޔަށް ގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.