ވެރިކަން ކުރާ މާލޭ ސިޓީގެ އެކި ސަރަހައްދު ތަކުގައި މިއަދު އީދު ފާހަގަ ކޮށްފިއެވެ. މިއަދު މާލޭގެ ސަރަހައްދު ތަކުގައި އީދު ފާހަގަ ކުރުމުގެ ގޮތުން ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައި އޮތް ވަގުތުގައެވެ.
މިއަދު ހަވީރު 4:00 އިން 18:00 އަށް މާލޭގައި މަގުތަކުގައި އޮތީ އެއްގަމު އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފައެވެ. އެ ވަގުތުތަކުގައި ގިނަ ބަޔަކު ވަނީ މަގުތަކަށް ނިކުމެ، އެކި ސަރަހައްދު ތަކުގައި ކުރިޔަށްދިޔަ އީދު ކުޅިވަރު ބަލާފައެވެ.
ޢީދު ފާހަގަ ކުރުމުގެ ގޮތުން ސަޤާފީ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ހަވީރުތައްވެސް ވަނީ ބާއްވާފައެވެ.
އަދި އީދު ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި އެމްއެންޑީއެފްއިން ބަޑިބޭހުގެ ކުޅިވަރު ކުރިޔަށް ގެންގޮސްފައިވާއިރު، ސޯސަލް ސެންޓަރު ސްޓޭޖުގައި ވަނީ މިއުޒިކް ޝޯވް ވެސް ކުރިޔަށް ގެންގޮސްފައެވެ.
އީދު ފާހަގަކުރުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުލަގަދަކޮށް ހަރަކާތްތައްވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ސްޓޭޖު ޝޯތަކާއި، ފެންކުޅި ކުޅުމާއި ކުލަޖެހުމުގެ އިތުރުން ސަގާފީ ކުޅިވަރުފަދަ ހަރަކާތްތައް ހިމެނެއެވެ.
އަޟްހާ އީދު ފާހަގަކުރުމުގައި އިސްލާމް ދީނާއި ދިވެހީންގެ އިޖުތިމާޢީ މިންގަޑުތަކާ އެއްގޮތަށް ފާހަގަކުރަން ލޯކަލް ގަވަމަންޓް މިނިސްޓްރީން ރަަށު ކައުންސިލްތަކަށް ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ