މާރާމާރީ ހިންގުމަށްފަހު ފިލަން ދަމުން ފުލުހެއްގެ ގައިގައި ކާރަކުން ޖައްސައިފި

މާރާމާރީ ހިންގުމަށްފަހު ފިލަން ދަމުން ފުލުހެއްގެ ގައިގައި ކާރަކުން ޖައްސައިފި

Author
ހުސައިން
16 ޖޫން 2024 05:13
0

ހުޅުމާލޭގައި މާރާމާރީ ހިންގުމަށްފަހު ފިލަން މަަސައްކަތް ކުރި މީހަކު ފުލުހެއްގެ ގައިގައި ކާރަކުން ޖައްސައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 4:10 ހާއިރު ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީއެއް ހިނގައިގެން ރިޕޯޓު ކުރުން ފުލުހުން އެސަރަހައްދަށް ދިއުމުންނެވެ.

މި ހާދިސާ ހިގި ސަރަހައްދަށް ފުލުހުން ދިއުމުން، މާރާމާރީ ހިންގި މީހާވަނީ އެ ސަރަހައްދުގައި އޮތް ކާރަކަށް އެރުމުން، ކާރު ހުއްޓުވަން ފުލުހުން މަސައްކަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް ކާރުން ފުލުސް މީހާގައިގައި ޖެއްސުމަށްފަހު ކާރުގައި ތިބި މީހުންވަނީ ފިލާފައެވެ.

ނަމަވެސް ފަހުން ފުލުހުން ވިދާޅުވެފައިވަނީ އޭގެ ތެރެއިން އެކަކު ހައްޔަރުކޮށް ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި ކާރުން ޖެހި އަނިޔާވު ފުލުސް މީހާއާއި މާރާމާރީގައި އަނިޔާވި މީހާއަށްވެސް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

ފުލުހުންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.