ރައީސް ދިވެހި ހައްޖާޖީންގެ ހާލު ބައްލަވާލައްވައިފި

ރައީސް ދިވެހި ހައްޖާޖީންގެ ހާލު ބައްލަވާލައްވައިފި

Author
ޙަސަން މުޙައްމަދު
16 ޖޫން 2024 02:06
0

ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޙައްޖުވެރިންގެ ހާލު ބައްލަވާލައްވައިފިއެވެ.

އެމަނިކުފާނު ދިވެހި ޙައްޖުވެރިންގެ ހާލު ބެއްލެވީ މިއަދު ފޯނުން ގުޅުއްވައެވެ.

ޙައްޖު ދުވަހުގެ ހެޔޮއެދުންތައް ހުރިހާ ޙައްޖުވެރިންނަށް ރައީސް ވަނީ ފޮނުއްވަވާފައެވެ. އަދި ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް އެމަނިކުފާނު އެދެވަޑައިގެންނެވިއެވެ.

ދިވެހި ޙައްޖުވެރިން އަރަފާތު ބިމުގައި ވަގުތު ހޭދަ ކުރެއްވުމަށް ފަހު އިރުއޮއްސުމާއެކު މުޒްދަލިފާއަށް ދިޔުމަށް ވަނީ ދަތުރު ފަށާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.