ބާރު ސްޕީޑްގައި ދުއްވަމުން ދިޔަ ލޯންޗެއް ކޮންޓްރޯލުން ނެއްޓި ފަޅު ރަށަކަށް އަރައިފި

ބާރު ސްޕީޑްގައި ދުއްވަމުން ދިޔަ ލޯންޗެއް ކޮންޓްރޯލުން ނެއްޓި ފަޅު ރަށަކަށް އަރައިފި

Author
ހުސައިން
14 ޖޫން 2024 09:02
0

ބާރު ސްޕީޑްގައި ދުއްވަމުން ދިޔަ ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ފަޅު ރަށަކަށް އަރައިފި އެވެ.

މިއަދު ހަވީރު ހިނގި މި އެކްސިޑެންޓްގައި ލޯންޗް އަރާފައިވަނީ ތ. ކިނބިދޫ ނެރު ފަސްގަނޑު ކިޔާ ފަޅު ރަށަކަށެވެ.

ވެލިމާ ކިޔާ މި ލޯންޗަކީ މާލެ އާއި ތ. އަތޮޅާ ދެމެދު ދަތުރުކުރާ ލޯންޗެކެވެ.

މި ހާދިސާ ހިނގި ވަގުތު ލޯންޗްގައި ތިބި ބަޔަކަށް އަނިޔާވެސްވެފައިވެ އެވެ. ނަމަވެސް ލިބުނު އަނިޔާގެ މާބޮޑު ތަފްސީލެއް ނުލިބެ އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގި ވަގުތު ލޯންޗްގައި ތިބީ ތިން މީހުން ކަމަށާއި އަނިޔާވީ ދެ މީހުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.