މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ހުރިހާ ހައްޖުވެރިންވެސް މިއަދު މިނާއަށް ހިގައްޖެއެވެ.
ސޯޝަލް މީޑިއާގައި ޝާއިއުކުރި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ ދިވެހި ހައްޖާޖީންގެ ތެރެއިން 577 ހައްޖުވެރިން މިހާރު ތިބީ މިނާގައި ކަމަށާއި، ދިވެހި ހައްޖުވެރިން ގޮވައިގެން ދަތުރުކުރާ އެހެން ބަސްތައް މިހާރު މިނާއަށް ދަތުރު ކުރަމުންދާ ކަމުގައެވެ.
އަދި ހުރިހާ ހައްޖުވެރިންވެސް މިއަދު މިނާއަށް ވަދަ ނިމޭނެކަމަށާއި، ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަގަޅުކަމަށް ޝަހީމް ވިދާޅުވެފައި ވެއެވެ.
މިނާއަށްފަހު ދެން ހައްޖުވެރިން ދާނީ އަރަފާތަށެވެ. އެއީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެދުވަހުގެ އިރު އޮއްސުމުގެ ކުރިން އަރަފާތަށް ނުދެވޭ މީހަކަށް ހައްޖު ނުލިބޭނެއެވެ.
ކޮމެންޓު ފޮނުވާ