މިއަހަރުގެ އަޟުޙާ އީދު ނަމާދު، ބޮޑު ޖަމާއަތުގެ އިތުރުން މަލޭގެ 28 މިސްކިތެއްގައި އޮންނާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ކުރިޔަށް އޮތް އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް މިޙާރު ރެވެމުންދާ ހަރަކާތްތަކާ ގުޅޭގޮތުން ދިވެހިބަހާ ތާރީޚާ ސަގާފަތާބެހޭ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްކާމިކް މިނިސްޓްރީގެ ފަރާތުން ވިދާޅުވީ އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުގެ އަޟުހާ އީދުގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމުގައެވެ.
އެގޮތުން މިފަހަރުވެސް ވިލިމާލެއާއި، ހުޅުމާލޭގެ އިތުރުން މާފަން ސްޓޭޑިއަމްގައާއި އަދި ސަލްމާން މިސްކިތުގައި ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުން އޮންނާނެކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އީދުނަމާދު ކުރާ ގަޑީގައި ވިއްސާވެއްޖެނަމަ ރަށްރަށުގައި ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރިޔަށްދާނީ ކޮންމެ ރަށެއްގެވެސް ހުކުރު ނަމާދުކުރާ މިސްކިތްތަކުގައި ކަމުގައެވެ.
އީދު ނަމާދަށް ބޮޑު ޖަމާއަތަށް ދާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ގޮތުގައި އިސްލާމކް މިނިސްޓްރީން ފާހަގަ ކޮށްފައިވާ ކަންކަން:
- އަމިއްލަ މުސައްލަ ގެންދިއުން
- މިނިސްޓްރީން ފެން ފޯރުކޮސްދޭނެ. އެހެންނަމެވސް އަމިއްލަ ފެންފުޅިއެއް ހިފައިގެން ދިއުން އެދެވިގެންވެ
- ވުޟޫ ކޮށްގެ ދިއުން. އެހެންނަމަވެސް ވުޟޫކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެ
- ގޮނޑީގަ ނަމާދުކުރާ މީހުން ގޮނޑި ގެންދިއުން. އެހެންނަމަވެސް މިނިސްޓްރީންވެސް ގޮނޑި ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސާފަ ވާނެ
- ނާމާދަށް ދާއިރު ފައިވާން ލާނެ ކޮތަޅެއް ހިފައިގެން ދިއުން. ކޮތަޅަކަށް ލުމަށްފަހު އަމިއްލަ މުސައްލަ ކައިރީގައި ފައިވާން ބެހެއްޓުން
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ހުޅުމާޅޭ ފޭސް 2 ގަ އިތުރު މިސްކިތެއްގަ މިފަހަރު ހުކުރު ނަމާދު ކުރާގޮތަށް ހަމަޖައްސާފައިވާ ކަމުގައެވެ. އަދި ބޮޑަށް އެދެވިގެންވަނީ ހުރިހާ ބޭފުޅުންވެސް ބޮޑު ޖަމާއަތަށް ދިއުމަށް ކަމަށާއި، އާއިލާގެ ވީހާ ގިނަ ބަޔަކު އީދުނަމާދުގައި ބައިވެރި ކުރުމަށްވެސް މިނިސްޓްރީން އިލްތިމާސް ކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ