މެޑަމް ސާޖިދާގެ ކޮއްކޮއަށް ޑަބަލް ޕްރޮމޯޝަން ދިން ވާހަކަ ދޮގު ކޮށްފި

މެޑަމް ސާޖިދާގެ ކޮއްކޮއަށް ޑަބަލް ޕްރޮމޯޝަން ދިން ވާހަކަ ދޮގު ކޮށްފި

Author
ހުސެއިން
09 ޖޫން 2024 02:34
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ކޮއްކޮ އަތީގުއްރަހުމާނަށް ދިވެހި ފުލުހުންގެ ހިދުމަތުން ޑަބަލް ޕްރޮމޯޝަން ދިންކަމަށް ފަތުރަމުންދާ ވާހަކަތައް އެ ހިދުމަތުން ދޮގުކޮށްފި އެވެ.

"ހަސަން ކުރުސީ" ގެ ނަމުގައި އެކްސްގައި ހިންގާ ކާކުކަން ނޭނގޭ އެކައުންޓަކުން ވަނީ އަތީގަށް ޑަބަލް ޕްރޮމޯޝަން ދިންކަމަށް ބުނެފަ އެވެ. އަދި ހަ މަސްދުވަސް ނުވަނީސް އަތީގަށް ޑަބަލް ޕްރޮމޯޝަން ދިނީ މެޑަމް ސާޖިދާގެ އެންގުމުގެ މަތިންކަމަށް ކުރުސީ ވަނީ ބުނެފަ އެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ "އެއީ ދޮގު ވާހަކައެއް" ކަމަށެވެ.

ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ އަތީގަކީ އިންސްޕެކްޓަރު ގްރޭޑު އެކެއްގެ ރޭންކުގައި ހުންނެވި އޮފިސަރެކެވެ.

އޭނާ ސަބް އިންސްޕެކްޓަރެއްގެ ގޮތުގައި ހުންނަވަނިކޮށް ރޭންކު މަތިކޮށް ޕްރޮމޯޝަން ދިނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުންނެވެ.

އަތީގު މަސައްކަތް ކުރައްވަނީ ފުލުހުންގެ އިންޓެލިޖެންސް ޑައިރެކްޓްރޭޓުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.