ސްމްރިތީއަށް މިފަހަރު ނާކާމިޔާބު

ސްމްރިތީއަށް މިފަހަރު ނާކާމިޔާބު

Author
ފާތިމަތު ނާވީ
09 ޖޫން 2024 11:37
0

"ކިޔޫކީ ސާސް ބީ ކަބީ ބަހޫ ތީ"އިން ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރުކަން ހޯދި ސްމްރިތީ އިރާނީއަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އޭނާ ކުރިމަތި ލާފައިވަނީ އުއްތަރަ ޕްރަދޭޝްގެ އަމޭތީ ދާއިރާގެ ގޮނޑިއަށެވެ. އެ ދާއިރާގެ ގޮނޑި ނިމުނު ދައުރުގައި ކާމިޔާބުކުރީ ސްމްރިތީ އެވެ. އޭނާ އަކީ ޑްރާމާ ސިލްސިލާ ތަކުން ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ބަތަލާއެކެވެ.

ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ޓިކެޓުގައި ވާދަކުރި ސްމްރިތީ ފަހަތަށް ޖައްސާލައި ކޮންގްރެސް ޕާޓީގެ ކިޝޯރު ލާލް ޝަރްމާ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ގާތްގަނޑަކަށް ދޮޅުލައްކަ ވޯޓުގެ ތަފާތުންނެވެ.

 

View this post on Instagram

 

A post shared by Smriti Irani (@smritiiraniofficial)

އެކަމަކު ސްމްރިތީ މިދިޔަ ދައުރުގައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ކޮންގްރެސް ޕާޓީގެ ރާހުލް ގާންދީ ފަހަތަށް ޖައްސާލުމަށްފަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.