"ބަޖްރަންގީ ބައިޖާން 2″ގެ އިޝާރާތެއް

"ބަޖްރަންގީ ބައިޖާން 2″ގެ އިޝާރާތެއް

Author
ފާތިމަތު ނާވީ
09 ޖޫން 2024 09:57
0

2015 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމް "ބަޖްރަންގީ ބައިޖާން" ގެ ދެވަނަ ބައެއް ހަދާކަމުގެ އިޝާރާތެއް އެ ފިލްމުގެ ޑައިރެކްޓަރު ކަބީރު ޚާން ދީފި އެވެ.

މި ފިލްމް އަކީ އެއަހަރު ގެނެސްދިން އެންމެ ކާމިޔާބު އެއް ފިލްމްއެވެ. ފިލްމްގެ ލީޑުން ފެނިގެން ގޮސްފައިވަނީ ސްޕަސްޓާރު ސަލްމާން ހާން އެވެ. އޭނާ އާއި އެކުގައި ބަތަލާގެ ބައިން ފެނިގެން ގޮސްފައިވަނީ ކަރީނާ ކަޕޫރެވެ. ފިލްމްގެ މުހިންމު ރޯލަކުން ހަރްޝާލީ މަލްހޯތްރާ ވެސް ވަނީ ފެނިގެން ގޮސްފައިއެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިއަ ފިލްމްގެ ޑައިރެކްޓަރު މީޑިއާއަށް ދިން  އިންޓަވިއުއެއްގައި ކަބީރު ޚާން ބުނީ އަމަލީ ގޮތެއްގައި ފިލްމުގެ މަސައްކަތް ފެށިފައި ނުވި ނަމަވެސް ފިލްމުގެ ވާހަކައާއި ސްކްރިޕްޓާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

އެހެން ކަމުން ވަރަށް އަވަސް މުސްތަގްބަލެއްގައި "ބަޖްރަންގީ ބައިޖާން 2″ގެ އަމަލީ މަސައްކަތް ވެސް ފެށޭނެ ކަމަށް ލަފާކުރެވެ އެވެ. ކަބީރު ހާން އެންމެ ފަހުން ގެނެސްދިން ފިލްމް އަކީ "ޗަންދޫ ޗެމްޕިއަން"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.