ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް ހިންނާ ޚާލިދު މިއަދު އައްޔަނުކޮށްފިއެވެ.
ހިންނާ އަށް މަގާމުގެ ލިޔުން ހަވާލުކޮށްފައި ވަނީ ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހިންނާ މީގެކުރިން ވަނީ ހޯމް މިނިސްޓްރީގެ ތަރުޖަމާނު ކަން ވެސް ކުރައްވައިފައެވެ.
މާސްޓާ އޮފް ބިޒްނެސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލު ކުރެއްވި ހިންނާ ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީކަމުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ކޮމެންޓު ފޮނުވާ