ފުވައްމުލަކުގައި ޑައިވިނަށް ދިޔަ ޗައިނާ ފަތުރުވެރިޔަކު މަރުވެއްޖެ

ފުވައްމުލަކުގައި ޑައިވިނަށް ދިޔަ ޗައިނާ ފަތުރުވެރިޔަކު މަރުވެއްޖެ

Author
އަހުމަދު
06 ޖޫން 2024 04:41
0

ޏ. ފުވައްމުލަކުގައި ޑައިވިންއަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 70 އަހަރުގެ ޗައިނާ ފަތުރުވެރިއެކެވެ.

ފުލުހުން ބުނީ ފުވައްމުލަކު ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިންނަށް ދިޔަ ފަތުރުވެރިއެއް ޑައިވިން ނިންމާލުމަށް ފަހު ދޯންޏަށް އެރިފަހުން ހާލުދެރަވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު މެންދުރެއް ހާއިރެވެ.

އެ މީހާ ޑައިވިން ނިންމައި މައްޗަށް އަރައި ދޯނީގައި ހުއްޓައި ކުއްލިއަކަށް ހޭނެތިގެން ކަނޑަށް ވެއްޓުނީ ކަމަށްވެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.