ތިން ކައުންސިލެއްގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

ތިން ކައުންސިލެއްގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

Author
އަހުމަދު
31 މެއި 2024 10:48
0

ޅ. އަތޮޅު ކައުންސިލްގެ ރައީސް އާއި ފ. އަތޮޅު ކައުންސިލްގެ ރައީސް އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރު ހޮވުމަށް ބައި-އިލެކްޝަނެއް ބޭއްވުމަށް ނިންމައި އެ އިލެކްޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

މި ތިން ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިންތިހާބުވެވަޑައިގަތުމުންނެވެ.

ޅ. އަތޮޅު ކައުންސިލްގެ ރައީސްއަކަށް މިފަހަކާ ޖެހެންދެން ހުންނެވީ ނައިފަރު ދާއިރާގެ މިހާރުގެ މެމްބަރު ޔާސީން އަބްދުﷲ އެވެ.  ފ. އަތޮޅު ކައުންސިލްގެ ރައީސް އަކަށް މިފަހަކާ ޖެހެންދެން ހުންނެވީ ބިލެތްދޫ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު އަސްލަމެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރަކަށް މިފަހަކާ ޖެހެންދެން ހުންނެވީ މިހާރު އެދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ދާއޫދުއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނީ ށ. އަތޮޅު ކައުންސިލްގެ ރައީސާއި ފ. ބިލެތްދޫ ކައުންސިލްގެ ރައީސް އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރު ހޮވުމަށް ބައި- އިންތިހާބަށް ހުޅުވާލާފައިވާ ކަމަށެވެ. ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑީގެ ބައި-އިލެކްޝަން ވެސް ޖުލައި 20 ވަނަ ދުވަހު އޮންނާނެއެވެ. ހަމަ އެ ދުވަހު ރ. ހުޅުދުއްފާރު ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމާއި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުން ވެސް އޮންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.