"ރަފަހް އަނދަނީ" ނަމުގައި އައްޑޫގައި މިއަދު ވެހިކަލް ބުރެއް ބާއްވަނީ

"ރަފަހް އަނދަނީ" ނަމުގައި އައްޑޫގައި މިއަދު ވެހިކަލް ބުރެއް ބާއްވަނީ

Author
އަހުމަދު
31 މެއި 2024 10:34
0

ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކުރުމުގެ ގޮތުން އައްޑޫގައި މިއަދު ވެހިކަލް ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.

"ރަފަހް އަނދަނީ" ނަމުގައި ބާއްވާ މި ވެހިކަލް ބުރަކީ އައްޑޫގެ ދެ ޖަމިއްޔާއެއް ކަމަށްވާ ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އާއި ފޭދޫ މިޝްކިތު ފައުންޑޭޝަން ގުޅިގެން ބާއްވާ ވެހިކަލް ބުރެކެވެ. ވެހިކަލް ބުރު ފަށަން ހަމަޖެހިފައި ވަނީ ހަވީރު 4:00 ގައި ހިތަދޫ ސްކޫލް ކައިރިންނެވެ. އަދި ވެހިކަލް ބުރު ނިންމާލާނީ ފޭދޫއަށެވެ.

ފަލަސްތީނުގެ ރައްޔިތުންނާ އެކީ އައްޑޫ ރައްޔިތުން ތިބިކަން ހާމަކުރުމުގެ ގޮތުން މީގެކުރިން ވެސް އައްޑޫގައި ހަރަކާތްތަކެއް ހިންގިއެވެ.

"ރަފަހް" އަނދަނީ ނަމުގައި މާލޭގެ އާޓިފިޝަލް ބީޗުގައި މިއަދު ހަވީރު ހާއްސަ އެއްވުމެއް ބާއްވަން ވަނީ ނިންމައިފައެވެ. އިސްރާ ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ބާއްވާ މި އެއްވުން ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00 ގައެވެ.

މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުގައި މިހާތަނަށް އައިއިރު، 36،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެ ހަމަލާތަކުގައި 80،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ. އިސްރައީލްގެ ހަމަލާތަކުގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާ އިރު، 10،000 އަށް ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެމީހުން ބެލެވޭ ގޮތުގައި ތިބީ އިމާރާތްތަކުގެ ދަށުވެފައެވެ.

އިސްރާއީލާ ދެކޮޅަށް ރާއްޖޭގައި މީގެކުރިން ވެސް ހަރަކާތްތަކެއް ބޭއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.