Author
ފާތިމަތު ނާވީ
31 މެއި 2024 09:04
0

މިހާރު ނެޓްފްލިކްސް ގައި ރަސްކަން ކުރަމުން އަންނަ ސަންޖޭ ލީލާ ބަންސާލީގެ އަލަތު ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" އަށް ލިބެމުން އަންނަ ތަރުހީބާ މެދު ވަރަށް އުފާކުރާ ކަމަށް އޭނާ ބުނެފިއެވެ.

 

މީޑީއާއިން ކުރި ސުވާލު ތަކަކަށް ޖަވާބު ދެމުން ބަންސާލީ ބުނީ ދެވަނަ ސީޒަނެއް ގެނެސް ދިނުމާ މެދު ގޮތެއް ނިންމާނީ ނެޓްފްލިކްސް އިން ކަމަށާއި އަދި އެކަމާއި މެދުގައި މިހާތަނަށް އެއްވެސް ގޮތެއް ނިންމައިފައި ނުވާ ކަމަށެވެ.

އޭނަ ބުނީ ޝޯގެ ޕްރޮޑިއުސަރަކީ އެއީ ކަމަށާއި ނެޓްފްލިކްސް އަކީ ފާއިތުވި 30 އަހަރުގެ ތެރޭގައި އެކީގައި މަސައްކަތް ކުރެވުނު އެންމެ ހިތްހަމަޖެހޭ އެއް ބަޔަކު ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.

މަހުގެ 1 ގައި ޕްރީމިއާކުރި "ހީރާމަންޑީ" އަކީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން ލާހޯރްގެ ރެޑް ލައިޓް އޭރިގައި އުޅުނު ޝާހީ ޖާރިޔާއިންގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ.

 

މީގެ ކާސްޓުންނަކީ މަނީޝާ ކޮއިރަލާ، ސޮނާންޝީ ސިންހާ، އަދިތީ ރާއޯ ހައިދަރީ، ސަންޖީދާ ޝެއިހް، ޝަރްމިން ސޭގަލް، ރިޗާ ޗައްޑާ، ފަރުދީން ޚާން، ތާހާ ޝާހް، ޝޭކަރް ސުމަން އަދި އޭނަގެ ދަރިފުޅު އަދިޔަޔަން ސުމަން އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.