ރާއްޖެ ތަރައްގީކުރަން ރައީސް ގެންގުޅުއްވާ ތަސައްވުރަށް އިނގިރޭސިވިލާތުން ތައުރީފްކޮށްފި

ރާއްޖެ ތަރައްގީކުރަން ރައީސް ގެންގުޅުއްވާ ތަސައްވުރަށް އިނގިރޭސިވިލާތުން ތައުރީފްކޮށްފި

Author
އަހުމަދު
29 މެއި 2024 11:37
0

ރާއްޖެ ތަރައްގީ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް އިނގިރޭސި ވިލާތުން ތައުރީފްކޮށްފިއެވެ.

ރައީސް މުއިއްޒު އިއްޔެ ވަނީ އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެންޑް ކޮމަންވެލްތު އަދި ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް، ރައިޓް އޮނަރަބްލް ލޯރޑް ރިޗަޑް ބެންޔޯންއާ ބައްދަލު ކުރައްވައިފައެވެ.

މިބައްދަލުކުރެއްވުން ކުރިޔަށް ދިޔައީ، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.

ދެ ގައުމުގެ ދެމެދު އޮތް ގުޅުމާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ މައްޗަށް، ހާއްސަކޮށް ސިޑްސްއާއި ގުޅުންހުރި މައްސަލަތަކުގެ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރ އޮފް ސްޓޭޓްގެ މި ބައްދަލުކުރެއްވުމުގައި ކުރިއަށް ގެންދަވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ބައެއް ފިޔަވަޅުތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ލޯރޑް ބެންޔޯން ވަނީ ދިވެހިރާއްޖެއިން ސިޑްސްއަށް ވަކާލާތު ކުރުމުގައި އިސްނަގައިގެން ކުރާ މަސައްކަތަށާއި ދިވެހިރާއްޖޭގެ ތަރައްޤީއާއި ތަނަވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވަރުގަދަ ތަސައްވުރަށް ތަޢުރީފުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.