ޔޫއެންއާރްޑަބްލިއުއޭގެ ވެރިޔާ ޣައްޒާގެ ދެކުނުގެ ސިޓީގެ ހާލަތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓް ދެއްވީ ފިލިއްޕޭ ލަޒާރިނީ އެވެ. އޭނާ ވިދާޅުވީ އެއް މިލިއަން މީހުން ރަފާ ދޫކޮށް ގޮސްފައިވާކަމުގައެވެ.
ފާއިތުވި ތިން ހަފުތާގެ ތެރޭގައި ރަފާގެ އެއް މިލިއަން މީހުން ވަނީ އެތަން ދޫކޮށް ދާން މަޖުބޫރުވެފަ އެވެ. "ޣައްޒާގައި ހުންނަ އދ.ގެ މައި އޮފީސްތައް ހުންނަ ތަލް އަލް ސުލްތާން ހިމެނޭ ސަރަހައްދުގައި ރޭގަނޑު ބޮމުގެ ހަމަލާތައް ދެމުން ދިޔަ. އަޅުގަނޑުމެންގެ ގިނަ ސްޓާފުންނަށް މަސައްކަތަށް ނުދެވުނު. އެމީހުން ޕެކްކޮށް ދަނީ ދަމުން. އެމީހުން ތިބީ ވަރަސް ބިރުން."
މީގެ އިތުރުން އދ.ގެ ޖަމިއްޔާއަށް ބޭނުންވާ އަސާސީ ބޭހާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހުސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ