ސްޕެއިން، ނޯވޭ އަދި އަޔަރލޭންޑުން ފަލަސްތީނުގެ މިނިވަންކަން ބަލައިގެންފި

ސްޕެއިން، ނޯވޭ އަދި އަޔަރލޭންޑުން ފަލަސްތީނުގެ މިނިވަންކަން ބަލައިގެންފި

ގުޅުންހުރި

ޔޫރަޕްގެ ތިން ގައުމެއް ކަމުގައިވާ ސްޕެއިން، ނޯވޭ އަދި އަޔަރލޭންޑުން ފަލަސްތީނުގެ މިނިވަންކަން ބަލައިގެންފިއެވެ.

ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމުގައި ބަލައިގަތްކަން އިއުލާން ކުރައްވަމުން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސާންޝޭޒް ވިދާޅުވީ މެދުއިރުމަތީގައި ހަމަޖެހުން ގާއިމްވާން އޮތް ހަމައެކަނި ގޮތަކީ ފަލަސްތީނަކީ މިނިވަން ދައުލަތެއްކަން ބަލައިގަނެގެން ކަމުގައެވެ.

ސްޕެއިންއިން މިއަދު ފަލަސްތީނުގެ މިނިވަންކަން ބަލައިގަތްއިރު، ނޯވޭއައި އަދި އަޔަލޭންޑުންވެސް ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްކަން ބަލައިގެންފައެވެ.

ފަލަސްތީނުގެ މިނިވަންކަން ބަލައިގަތުމަށްފަހު ސްޕެއިންގެ ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ އެގައުމުގެ ގާނޫނުހަދާ މަޖިލީހުން، ފަލަސްތީނަކީ މިވަން ދައުލަތެއްކަން ބަލައިގަތުމަށް ނިންމި ނިންމުމުގެ އޮތީ އެންމެ މަގުސަދެއް ކަމުގައެވެ. އޭނާ ވިދާޅުވީ އެ މަގުސަދަކީ އިސްރާއީލާއި ފަލަސްތީނަށް ސުލްހަވުމަށް އެހީތެރިވެދިނުން ކަމުގައެވެ.

"ފަލަސތީނުގެ ދައުލަތަކީ ހުޅަނގު އައްސޭރި ހިމެނޭގޮތުން ގާޒާއައި ގުޅާލެވި، އަދި އިރުމަތީ ޖެރޫސަލަމް ވެރިކަންކުރާ ރަށެއްގެ ގޮތުގައި އެކުލެވިގެންވާ ދައުލަތަކަށް ވާންވާނެ،" ސްޕެއިންގ ބޮޑުވަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިސްރާއީލާއި ފަލަސްތީނުން އެއްބަސް ނުވާހާ ހިނދަކު، 1967 ވަނަ އަހަރުގެ ބޯޑަރުގެ ކުރީގެ އިންތަކަށް މެނުވީ ސްޕެއިންއިން އެއްބަސް ނުވާނެ ކަމުގައެވެ. ހުޅަނގު އައްސޭރިއާއި އިރުމަތީ ޖެރޫސެލަމްއާއި އަދި ޣައްޒާއަކީ 1967 ގައި ކުރެވުނު އަރަބް އިސްރާއީލު ހަނގުރާމާގައި އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކެވެ.

ފާއިތުވި މާރޗްމަހު ސްޕެއިންއާއި، އަޔަރލޭންޑާއި މޯލްޓީ އަދި ސްލޮވޭނިއާއިން ބުނެފައިވަނީ، މިހާރު ކުރިޔަށްދާ ޣައްޒާގެ ހަނގުރާމަ ހުއްޓުމަށް އެހީތެރިވެދިނުމުގެ ގޮތުން ފަލަސްތީނުގެ މިނިވަންކަން ބަލައިގަތުމަށް އެ ގައުމުތަކުން ނިންމާފައިވާ ކަމުގައެވެ.

ސްލޮވޭނިއާއާއި މޯލްޓާއިން ބުނެފައިވަނީ ވަގުތުން ވަގުތަށް އެނިންމުން ނުނިންމި ނަމަވެސް އެގައުމުތަކުންވެސް ފަލަސްތީނުގެ މިނިވަންކަން ބަލައިގަންނާނެ ކަމުގައެވެ.

އަޔަރލޭންޑާއި ނޯވޭ އަދި ސްޕެއިންއިން ފަލަސްތީނުގެ މިނިވަންކަން ބަލައިގަތުމަށް ނިންމުމާއި ގުޅިގެން އިސްރާއީލުންވަނީ އެގައުމުތަކުގައި ތިއްބެވި ސަފީރުން އަނބުރާ ގައުމަށް ގެންގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ