މަކަރާއިހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ފ. ނިލަންދޫ ރައްޔިތުންނަށް މައުލޫމާތުދީފި

މަކަރާއިހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ފ. ނިލަންދޫ ރައްޔިތުންނަށް މައުލޫމާތުދީފި

ގުޅުންހުރި

މަކަރާއިހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ފ. ނިލަންދޫ ރައްޔިތުންނަށް މައުލޫމާތުދީފިއެވެ.

މެއި 27 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތުދީފައިވެއެވެ. އެގޮތުން، ސޯޝަލް މީޑިއާގެ އެކައުންޓު ހެކްކޮށް އާއިލާ މީހުންނާއި ރައްޓެހިންނަށް މެސެޖުކޮށް ފައިިސާއަށް އެދެމުން އަންނަ މައްސަލަތައް އިތުރުވަމުންދާތީ، މިކަންކަމުން ރައްޔިތުން ސަލާމަތްކޮށް ރައްކާތެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ. އަދި ފޯނަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާނުކުރުމަށާއި ސްކޭމް ކޯލުތަކަށް ވާހަކަނުދެއްކުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މީގެ އިތުރުން، ފޯނުގެ ސެކިއުރިީ ފީޗާސް ވަރުގަދަކުރާނެ ގޮތް ދަސްކޮށްދީފައިވެއެވެ. އަދި ސްކޭމް ފަދަ މައްސަލަތަކުގައި ވިކްޓިމައިޒްވާ މީހުން ކަންކުރަންވީ ގޮތް އޮޅުންފިލުވައިދީ މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ ވީހާ އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ރައްކާތެރިވާނެ ގޮތުގެ ލުއި މައުލޫމާތު ކަރުދާހެއް އާންމުންނަށް ބަހާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ