އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު 36،000 އިން މައްޗަށް އަރާފައިވާއިރު، އިއްޔެ އިސްރާއީލުން ރަފަހައަށް ދިން މިސައިލް ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 45 އަށް އަރައިފިއެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ ރަފަހުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް އިސްރާއީލުން ދިން ހަމަލާގައި މިހާތަނަށް 45 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 23 އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ކަމަށާއި އެ ހަމަލާގައި 249 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އަދި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ފަލަސްތީނުގެ 36،050 މީހުން ޝަހީދުވެ، 81،026 މީހުން ޒަހަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކޮމެންޓު ފޮނުވާ