މި މަހު 30 ގައި ވީޑިއޯ ކްލަބް އަށް "ފުރޭތަ" އަރަނީ

މި މަހު 30 ގައި ވީޑިއޯ ކްލަބް އަށް "ފުރޭތަ" އަރަނީ

Author
ފާތިމަތު ނާވީ
28 މެއި 2024 09:52
0

މީގެ ހަފްތާއެއްހައި ދުވަސް ކުރިން މީޑިއާ ނެޓް އަށް ދޫކޮށްލި ދިވެހި ފިލްމް "ފުރޭތަ" މި މަހުގެ 30 ވަނަ ދުވަހުގައި ވީޑިއޯ ކްލަބް އަށް ދޫކޮށްލުމަށް އިއުލާން ކޮށްފިއެވެ.

ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓައިންމަންޓުގެ ކާމިޔާބު ފިލްމް "ފުރޭތަ" އޮލިމްޕަހުގައި އަޅުވައިފައިވަނީ މާޗް މަހުގެ 7 ވަނަ ގައިއެވެ. "ފުރޭތަ" އަކީ އަހުމަދު ތޮލާލްގެ ސްކްޕްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި ރިވެންޖް އެކްޝަން ތުރިލާއެކެވެ.

ދިވެހި މުޖުތަމައުގައި މިހާރު ހުރި އެކި ކަހަލަ މައްސަލަތަށް ފުރޭތަ" އިން ދައްކުވައި ދޭނެ އެވެ. އެހެންވެ މީގެ ވާހަކަ އަކީ މުޖުތަމައުގެ "އަނދިރި ފަރާތުން" ސޮފުހާތަކެކެވެ. މި ފިލްމަކީ ކުށުގެ ވެއްޓާއި އާއިލީ ހާޖާނުގަނޑުތަކާއި ބަދަލުހިފުންތަކާއި ތަޅާފޮޅުން ފަދަ ކަންކަން ފެންނާނެ އެއްޗެކެވެ.

"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ރިފްޝާން، އަހުމަދު ނާޝިތު، އަލީ ނަދީހު، އައިމިނަތު އަސީލާ އަދި އާދަމް ރިޒްވީ ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.