މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމިޓީގެ މުގައްރިރަކަށް ސަލީމް

މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމިޓީގެ މުގައްރިރަކަށް ސަލީމް

ގުޅުންހުރި

0 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހަމަޖައްސަން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ނިންމައިފިއެވެ. އަދި 241 ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް އައްޔަން ކުރުމަށް ވަނީ ފާސްކޮށްފައެވެ.

ޕީއެންސީގެ ރަސްމީ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު، މިބައްދަލުވުމުގައި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީޖީގެ މަގާމުތަކަށް އައްޔަނުކުރާނެ ފަރާތްތައްވެސް ވަނީ ފާސްކޮށްފައެވެ.

އެގޮތުން:
  1. މަޖިލީހުގެ ރައީސް: ފޮނަދޫ ދާއިރާއަށް އިންތިހާބުވި މެންބަރު އަބްދުއްރަހީމް އަބްދުﷲ
  2. މަޖިލީހުގެ ނާއިބު ރައީސް: ދިއްގަރު ދާއިރާއަށް އިންތިހާބުވި މެންބަރު އަހްމަދު ނާޒިމް
  3. ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު: އިނގުރައިދޫ ދާއިރާއަށް އިންތިހާބުވި މެންބަރު އިބްރާހީމް ފަލާހު
  4. ޕާލަމަންޓްރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު: ބާރަށު ދާއިރާއަށް އިންތިހާބުވި މެންބަރު އިބްރާހީމް ޝުޖާއު
  5. ޕާލަމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު: މަހިބަދޫ ދާއިރާއަށް އިންތިހާބުވި މެންބަރު އަޙްހުމަދު ތޯރިގު
  6. ޕާލަމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު: ހުޅުދޫ ދާއިރާއަށް އިންތިހާބުވި މެންބަރު މުހައްމަދު ޝާހިދު
  7. ޕާލަމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު: ވިލިމާލެ ދާއިރާއަށް އިންތިހާބުވި މެންބަރު މުހައްމަދު އިސްމާއީލް
  8. ޕާލަމަންޓްރީ ގްރޫޕްގެ ޗީފް ވިޕް: ދުވާފަރު ދާއިރާއަށް އިންތިހާބުވި މެންބަރު މުހައްމަދު އަލީ

މީގެއިތުރުން މަޖިލީހުގެ 241 ކޮމިޓީ ނުވަތަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސަން ފާސްކޮށްފައި ވަނީ އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވާ އިރު، މިއީ ތާރީހުގައި ވެސް މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތިއްބާވާނެ ދައުރެވެ. މި ދައުރުގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރުން ހުވާ ކުރުން އޮންނާނީ މާދަމާ ހެނދުނު 09:00 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ