20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުވުމާއި ގުޅިގެން ހުސްވެފައިވާ 6 ކައުންސިލެއްގެ މަގާމްތަަކަށް މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފިއެވެ.
އެ ކައުންސިލްތަކަކީ:
– ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު
– ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު
– މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލް މެންބަރު
– ކުޅުދުއްފުށި އުތުރު ކައުންސިލް މެންބަރު
– ޅ. އަތޮޅު ކައުންސިލް ރައީސް
– ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު
– ފ. ބިލެއްދޫ ކައުންސިލް ރައީސް
އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ގޫގުލް ފޯމް މެދުވެރިކޮށް ޝައުޤުވެރިކަންފާޅު ކުރުމަށެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެއިދާރާއިން ސާފުކުރުމަށްފަހު ފުރިހަމަކޮށް، ޝައުޤުވެރިކަންފާޅުކުރާ ފޯމާއި އެކު 03 ޖޫން 2024 ގެ 14:00 ކުރިން ހުށައެޅުމަށްވެސް އެމްޑީޕީން އެދިފައި ވެއވެެ.
ޝައުޤުވެރިކަންފާޅުކުރާ ފޯމް
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް
ކޮމެންޓު ފޮނުވާ