ހުރިހާ އަތޮޅަކަށް ފޮތް ފޯރުކޮށްދީފި

ހުރިހާ އަތޮޅަކަށް ފޮތް ފޯރުކޮށްދީފި

ގުޅުންހުރި

މިއަހަރުގެ ދިރާސީ އަހަރަށް ބޭނުންވާ ފޮތްތައް ހުރިހާ ރަށަކަށް ފޯރުކޮށް ދީފިއެވެ.

ފުލުހުން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް އަތޮޅުތަކަށް ގެންދިއުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމައިލާފައިވާ ކަމަށާއި، ފުލުހުން އަބަދުވެސް ތިބޭނީ ދިވެހި ރައްޔިތުންގެ ހިދުމަތުގައި ކަމުގައެވެ.

އެގޮތުން ފުލުހުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އަތޮޅުތަކަށް ފޮތް ފޯރުކޮށްދިނުމަށް 7 އަތޮޅަށް 2،194 ފޮށިގަޑު ފޯރުކޮށް ދީފައިވެއެވެ. އެއީ 26.3 ޓަނުގެ ފޮތެވެ.

މިދުވަސްވަރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މި ދިރާސީ އަހަރަށް ބޭނުންވާ ފޮތް ފޯރުކޮށްދިނުމުގައި ދަތިތަކެއްވަނީ ފޯރާފައެވެ.

އެޑިއުކޭޝަން މިނިސްޓަރ ޝަފީއު ދައުލަތުގެ މީޑއާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ފޮތް ފޯރުކޮށްދިނުން އެންމެ ލަސް ވަނީ ދެކުނުގެ ރަށްތަކަށް ކަމަށާއި، އެރަށްތަކަށްވެސް މިއަދު އެންމެ ލަސްވެގެން ފޮތްތައް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ޙަވާލުވީއިރު ފޮތް ޕްރިންޓްކުރާ ބޮޑެތި ޕްރިންޓިން ފަރާތްތަކާއެކު ވެފައިވާ ކޮންޓްރެކްޓްތައް ހުރީ ހަމަވެފައި ކަމަށާއި، އެހެންކަމުން ފުރަތަމަ ކުރަން ޖެހުނު އެއް މަސައްކަތަކީ މާލިއްޔަތު ގާނޫނުގައި ބުނާ މަރުހަލާތައް ފުރިހަމަކުރުމަށްފަހު އެ މަސައްކަތް ކުރާނެ ފަރާތްތަކެއް ކަނޑައެޅުން ކަމަށެވެ.

އޭގެ އިތުރުން ބައެއް ކީ ސްޓޭޖުތަކުގެ ފޮތްތަކުގައި ރާއްޖޭގެ ސަގާފަތާއި އާދަކާދައާ ނުގުޅޭ ކަންތައްތައް ހުރުމުން މިފަހަރު ފޮތް ޕްރިންޓުކުރީ އެ ތަކެތި ނުހިމަނާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ