ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން - ފޮޓޯ: ޕޮލިސް

ރަހީނުކޮށް ފޭރުމު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ރަހީނުކޮށް ފޭރުމު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ގުޅުންހުރި

މާލެއިން މީހަކު ރަހީނުކޮށް، އެ މީހާއަށް އަނިޔާކޮށް ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި އަންހެނަކާއި 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން، ކޯޓުން ވަނީ އަންހެން މީހާގެ ބަންދަށް 10 ދުވަސް އަދި ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ފުލުހުން ކޯޓުގައި ބުނީ އެ ދެ މީހުން ވެގެން މީހަކު ރަހީނުކޮށްގެން ގެންގުޅެފައިވަނީ ހ. ހޯގުޅާ މަންޒިލް ގޭގައި ކަމަށެވެ. އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ އެ ގެއިން ކަމަށް ފުލުހުން ބުންޏެވެ. އަންހެން މީހާ ހައްޔަރުކުރުން، އަންހެން މީހާ ވަނީ 40 އަހަރުގެ ފިރިހެން މީހާ ވެސް އެކަމުގައި ޝާމިލުވާ ކަމަށް ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އެ ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ ހޯގުޅާ މަންޒިލް ގެއާ ތަންކޮޅެއް ދުރުގައި ހުއްޓައި ކަމަށާއި އެ ގެއިން ލަކުޑި ބުރިތަކާއި ދަނޑިބުރިތަކެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ބަންދު އަމުރުގައި ބަޔާންކޮށްފައި ވަނީ މިއީ ޖަމާއަތް ހަދައިގެން ހިންގާފައިވާ އަމަލެއް ކަމަށްވާތީ އެ ދެ މީހުން ބަންދުން ދޫކޮށްލައިފިނަމަ މައްސަލައިގެ ހެކިތަކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މުޖުތަމައުގެ ސަލާމަތަށްޓަކައި އެ ދެ މީހުން ބަންދުކުރަން ޖެހޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ