އެމްއެންޑީއެފްގެ ބަނޑޭރި ކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޮޓްޕްސީ ހެދުމަށްފަހު ވަޅު ލައިފިއެވެ. އެހެންނަމަވެސް އޭނާގެ އޮޓްޕްސީ ރިޕޯޓު އަދި ނުލިބޭކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނެފައިވަނީ އޭނާގެ ހަށިގަޑު އާއިލާއާއި ހަވާލުކޮށްފައިވާ ކަމުގައެވެ.
ބަނޑޭރިކޮށީގައި މިވަގުތު އެއްވެސް ބަޔަކު ބޭނުން ނުކުރާ އެޕާޓްމަންޓެއްގައި އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނިކޮށް މިދިޔަ ސަރުކާރުގައި ޖަލުން މިނިވަންކޮށްފައިވާ ގދ. ހޯޑެއްދޫ، ހައްމާދު ސައީދު (30 އ) ކަމަށް އެނގިފައިވެ އެވެ.