ވޭމަންޑޫގައި ދިރިއުޅޭ ބިދޭސީންނަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ވޭމަންޑޫގައި ދިރިއުޅޭ ބިދޭސީންނަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ގުޅުންހުރި

މުޖުތަމައުގައި އާންމުވަމުންދާ އެކި ކުށްތަކުން ރައްކާތެރިކުރުވުމަށް، ތ. ވޭމަންޑޫގައި ދިރިއުޅޭ ބިދޭސީންނަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން މިއަދު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި، ރަށުގައި ބިދޭސީން އުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލަތަކާއި އެފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ސަމާލުކަންދޭންޖެހޭ ކަންކަން ފުލުހުން ބުނެދީފައިވެއެވެ.

އަދި ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމާއި ފޯނާއި އަގުބޮޑެތި އެހެނިހެން ތަކެއްޗާމެދު އިތުރަށް ސަމާލުވުމަށާއި ގިނަ އަދަދެއްގެ ފައިސާ ވޮލެޓުގައި ބަހައްޓައިގެން ތަންތަނަށް ދިއުމުގެ ބަދަލުގައި ފައިސާ ރައްކާކޮށްފައި ބެހެއްޓުމަށާއި ދިރިއުޅޭ ތަން ރަނގަޅަށް ތަޅުލާފައި ބެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ. އޭގެ އިތުރުން، އިތުބާރުކުރެވޭ މީހަކަށް ނޫނީ ތިމާގެ އެއްވެސް މުދަލެއް ހަވާލުނުކުރުމަށް ވެސް ބުނެދީފައިވެއެވެ.

އަދި ފައިސާގެ މުއާމަލާތެއް ކުރުމަށް އެއްވެސް މީހަކު ބުނެފިނަމަ އެކަމުގެ ސައްހަކަން ބަލާފައި ނޫނީ އެފަދަ އެއްވެސް މުއާމަލާތެއް ނުހިންގުމަށާއި އެއްވެސް މީހެއްގެ ފަރާތުން މިފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ ވީއެންމެ އަވަހަކަށް ފުލުހުންގެ އެހީތެރިކަން ހޯދުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން ރައްކާތެރިކަމުގެ މައުލޫމާތު ބިދޭސީންގެ ބަހުން ލިޔެފައިވާ ކަރުދާސް ބަހައި ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ ގުޅާނެ ނަންބަރުތައް ފުލުހުންވަނީ ބިދޭސީންނާއި ހިއްސާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ