މާލެ އަތޮޅު ގުރައިދޫގައި ޢީދު ފާހަގަކުރުމަށް ހިންގުނު ހަރަކާތްތަކުގެ ތެރެއިން

ސަރުކާރުން އީދު ފާހަގަކުރާނެ 3 ރަށް މާދަމާ އިއުލާން ކުރަނީ

ސަރުކާރުން އީދު ފާހަގަކުރާނެ 3 ރަށް މާދަމާ އިއުލާން ކުރަނީ

ގުޅުންހުރި

ކުރިޔަށް އޮތް އަޟުހާ އީދު ރަސްމީކޮށް ފާހަގަކުރާނެ ރަށްތައް މާދަމާ އިއުލާންކުރާނެ ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.

މިއަހަރު އަޟުހާ އީދު ފާހަގަކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި 26 ޕްރޮޕޯސަލެއް ހުށަހަޅާފައި ވެއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމިނިސްޓްރީގެ ރެކްޓަރ ޖެނެރަލް އާތިކާ އިބްރާހިމް ވިދާޅުވީ އީދު ފާހަގަ ކުރުމަށް ހުށަހެޅި ޕްރޮޕޯސަލްތައް މިހާރު އިވޭލުއޭޓްކޮށް ނިމިފައިވާ ކަމުގައެވެ.

އެގޮތުން މިނިސްޓްރީން މިހާރު ނިންމާފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނައި އަދި މެދު ރާއްޖެތެރެއިން ކޮންމެ ހިސާބަކުންވެސް އެއް ރަށުގައި ސަރުކާރުން ރަސްމީކޮށް އީދު ފާހަގަ ކުރުމަށް ކަމުގައެވެ.

އެގޮތުން އަޅުގަނޑުމެން މިހާރު އިވެލުއޭޓްކޮށްފައިވާ ޕްރޮޕޯސަލްތަކުން، އަޅުގަނޑުމެންގެ ވުޒާރާގެ ފަރާތުން ކަނޑައަޅާފައިވާ ރަށްތައް މާދަމާގެ ގަޑިއެއްގައި އިއުލާން ކޮށްލާނަން.

އާތިކާ ވިދާޅުވިއެވެ.

އީދު ފާހަގަ ކުރުމަށް ސަރުކާރުން ކަނޑައަޅާނެ ރައްތަކަށް ޕްރޮޕޯސަލް ހުށެހެޅުމަށް ހުޅުވާލިއިރު، މާކްސް ދިނުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި، އެރަށަކުން ކުޅޭނެ ކުޅިވަރުތަކާއި، ކުރާނެ ޚަރަދުގެ އިތުރުން ޚަރަދަކާނުލާ ކުރާނެކަންކަންވެސް ހިމެނުމަށް އެދިފައި ވެއެވެ. އޭގެ އިތުރަށްވެސް ރަށްތައް ކަނޑައެޅުމުގައި ބަލާނެ އެހެން މިންގަޑުތައްވެސް ހިމަނާފައި ވެއެވެ.

މި ފުރުސަތުގައި މިނިސްޓްރީއަށް ޕްރޮޕޯސަލްތައް ހުށަހަޅާފައިވަނީ އުތުރުން 7 ރަށަކާއި، މެދުރާއްޖެތެރެއިން 10 ރަށަކާއި، ރާއްޖޭގެ ދެކުނުން 9 ރަށަކުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ