ގެސްޓް ހައުސެއްގައި ނޭޕާލް ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލާގައި 2 މީހަކު ހައްޔަރު ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްގެން ގެންގުޅެފައިވަނީ މާފަންނުގައި ހުންނަ ވީބީ މާޓް ގޯޅި ތެރޭގައި ހުންނަ ގެސްޓް ހައުސްއެއް ތެރޭގައެވެ. ނޭޕާލުގެ ފިރިހެންމީހާ ރަހީނު ކޮށްފައިވަނީ ބަންގަލަދޭޝްގެ ބަޔަކު ގުޅިގެންނެވެ.
ފުލުހުން ބުނެފައިވަނީ، އެ މައުލޫމާތު ލިބުމާއި އެކީ ފުލުހުންގެ ފުލުހުންގެ އެންޓް ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުގެ އިންވެސްޓިގޭޓަރުން އަދި ކްރައިމް ސީން އޮފިސަރުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އަދި ރަހީނުކޮށްފައިވާ މީހާ ސަލާމަތް ކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ބުނެފައިވަނީ، އެމައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ ބަންގްލަދޭޝްގެ ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.