ގެސްޓްހައުސެއްގައި ބަންދުކޮށްގެން ގެންގުޅުނު ނޭޕާލް މީހަކު ސަލާމަތް ކޮށްފި

ގެސްޓްހައުސެއްގައި ބަންދުކޮށްގެން ގެންގުޅުނު ނޭޕާލް މީހަކު ސަލާމަތް ކޮށްފި

ގުޅުންހުރި

ގެސްޓް ހައުސެއްގައި ނޭޕާލް ފިރިހެނަކު ބަންދުކޮށްގެން ގެންގުޅެނިކޮށް، ފުލުހުން ހޯދާ އެމީހާ ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާ ބަންދުކޮށްގެން ގެންގުޅެފައިވަނީ، ވެރިރަށް މާލޭގެ މާފަންނުގައި ހުރި ގެސްޓް ހައުސެއްގަ އެވެ. ފުލުހުން މިހާރު އެ މީހާ ސަލާމަތްކޮށްފައިވާ އިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ ބަންދުކޮށްގެން ގެންގުޅުނު ކަމަށް ތުހުމަތު ކުރަނީ ބަންގްލަދޭޝް ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ފުލުހުންގެ ހިދުމަތުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ