އިސްރާއީލުން ޣާއްޒާގެ ރަފަހަގައި ހިންމުންދާ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ކުރި އަރުމަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން މިއަދު ނެރުނު އަމުރުގައި ހުކުމުގައި ބުނެފައި ވަނީ ޣައްޒާގެ ދެކުނުގެ ރަފާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަމަލާތައް ވަގުތުން ހުއްޓާލާ ރަފަހަ ކުރޮސިންވެސް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުޅުވާލަން ޖެހޭނެކަމަށެވެ.
ކޯޓުގެ މި އަމުރާއި ގުޅޭގޮތުން ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ އައިސީޖޭގެ އަމުރަށް އިސްރާއީލުން ތަބާވާންޖެހޭނެ ކަމަށާއި، އެގައުމުން ހިންގަމުންދާ ޖަރީމާތައް ވަގުތުން ހުއްޓާލަން ޖެހޭނެ ކަމުގައެވެ. އަދި ކޯޓުގެ އަމުރުގައި ބުނެފައިވާ ފަދައިން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރަފާހު ކުރޮސިންވެސް އިސްރާއީލުން ހުޅުވާލަން ޖެހޭނެކަމަށްވެސް ރައީސް މުއިއްޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
އަދި 1967ގެ އިންތަކާއި އެއްގޮތަށް ފަލަސްތީނުގެ މިނިވަންކަމަށް ތައީދުކުރުންމަތީ ރާއްޖެ ދެމިއޮންނާނެކަމަށްވެސް ރައީސް މުއިއްޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ މިއަދު ކުރި އަމުރުގައި ހުކުމުގައި ބުނެފައި ވަނީ ޣައްޒާގެ ދެކުނުގެ ރަފާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަމަލާ ހުއްޓުވަން ޖެހޭ ކަމަށެވެ.
ރަފާހުގައި އިސްރާއީލުން ހިންގާ އަމަލުތަކަކީ "ނަސްލު ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ދިރިތިބުމަށް ނުރައްކާވާ ކަމަށް ބުނެ ކުއްލި ފިޔަވަޅެއްގެ ގޮތުގައި ކޯޓުހެ އަމުރަކަށް ދެކުނު އެފްރިކާއިން ވަނީ އައިސީޖޭގައި އެދިފަ އެވެ.
މި އެދުމަކީ ޣައްޒާގައި އިސްރާއީލުން އަމަލުކުރި ގޮތާ ގުޅޭ ގޮތުން ދެކުނު އެފްރިކާއިން އެކޯޓަށް ހުށަހަޅާފައިވާ ބޮޑު މައްސަލައިގެ ބައެކެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާތަކަށް ފަހު ހަމާސް ބަލިކުރުމަށް އިސްރާއީލުން ރަފާގައި އަސްކަރީ ހަރަކާތް ހިންގުމަކީ މުހިއްމު ކަމެއް ކަމަށް އެގައުމުން ބުނެފައިވާއިރު، ދެކުނު އެފްރިކާގެ މައްސަލައަކީ "މުޅިން އަސާސެއް ނެތް" މައްސަލައެއްކަމަށްވެސް އިސްރާއީލުން ބުނެފައި ވެއެވެ.
އައިސީޖޭ އަކީ ޔޫއެންގެ އެންމެ މަތީ ކޯޓެވެ. އެކޯޓުގެ އަމުރުތަކަށް ތަބާވުމަކީ ޔޫއެންގެ މެމްބަރު ގައުމުތަކަށް ލާޒިމް ކަމަކަށްވި ނަމަވެސް، ކޯޓުގެ އަމުރުތައް ތަންފީޒުކުރެވޭނެ ގޮތެއް އެކޯޓަށް ފަހިވެފައެއް ނޯވެއެވެ.