ބޯހިޔާވަހިކަން ބޭނުންވާ މިންވަރާއި، ގޯތިގެދޮރުގެ މިލްކިއްޔާތު ލިބުމުގައި ދެކޭގޮތާއި ކުއްޔަށް އުޅޭ ފަރާތްތަކަށް ލުއި ފަސޭހަމަގެއް ދެނެގަތުމަ ދިރާސާއެއް ކުރުމަށް ނިންމައިފިއެވެ.
ހައުންސިން މިނިސްޓްރީން އިސްނަގައިގެން މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިޓިއެންސް ޕްރޮޖެކްޓުގެ ދަށުން ހިންގާ މޯލްޑިވްސް ހައުސިންގ މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ އަކީ ވާރލްޑް ބޭންކުގެ ހިލޭއެހީއާއި ލޯނުގެ ދަށުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ތަންފީޒު ކުރާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ "މޯލްޑިވްސް ހައުސިންގ މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ"ގެ ސާރވޭ މަސައްކަތް ރާއްޖޭގެ އެކިއަތޮޅުތަކުން ރަށްރަށުގައި 20 ޑިސެމްބަރ 2020 އިން ފެށިގެން 28 ފެބްރުއަރީ 2020 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި ދިރާސާއަކީ ބޯހިޔާވަހިކަން ބޭނުންވާ މިންވަރާއި، ގޯތިގެދޮރުގެ މިލްކިއްޔާތު ލިބުމުގައި ދެކޭގޮތާއި ކުއްޔަށް އުޅޭ ފަރާތްތަކަށް ލުއި ފަސޭހަމަގެއް ދެނެގަތުމަށާއި ސަރުކާރުގެ ފަރާތުން އިތުރު އެހީ ބޭނުންވާ ހާލަތެއްގައި ދެވޭނެގޮތްތައް ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާއެއެއްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
މި ދިރާސާއިން ހޯދޭ މަޢުލޫމާތުގެ ތެރެއިން ޝާއިޢު ކުރެވޭނީ، ދިރާސާގައި އެއްކުރެވޭ މަޢުލޫމާތުގެ ޖުމުލަ އަދަދުތަކަށް ބިނާކޮށް ހޯދާ ހޯދުންތަކެވެ. ދިރާސާގެ ބައިވެރިންގެ ޒާތީ އެއްވެސް މަޢުލޫމާތެއް ޝާއިޢުއެއް ނުކުރެވޭނކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. މި ދިރާސާ ކުރުމަށް ހަމަޖެހިފައިވަނީ ފޯން ސާރވޭއަކާއި އަދި މިކަމާއި ގުޅުންހުރި ފަރާތްކާއިއެކު ކުރެވޭ މަޝްވަރާތަކެއްގެ އެހީގައިކަމަށެވެ. މީގެ އިތުރުން މިސާރވޭއަކީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ސާރވޭކުރުމުގެ ހުއްދަ ލިބިގެން ކުރިޔަށްގެންދެވޭ ސާރވޭއެއް ކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ