ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
އެމީހާ ހޯދަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން ހޯދަން އިއުލާންކޮށްފައި ވަނީ ނ. މިލަދޫ / މީޒާން، އަޙްމަދު ވިއާމް (27އ) އެވެ.
އޭނާ ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ވަނީ ވިއާމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މަނަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792039 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ