ޒިޒާންގް އޮޓޮނޮމަސް ސަރަޙައްދުން މިނަރަލް ވޯޓަރ ހަދިޔާކޮށްފި

ޒިޒާންގް އޮޓޮނޮމަސް ސަރަޙައްދުން މިނަރަލް ވޯޓަރ ހަދިޔާކޮށްފި

Author
ހުސައިން
24 މެއި 2024 11:44
0

ޗައިނާގެ ޒިޒާންގް އޮޓޮނޮމަސް ރީޖަންގެ ރައްޔިތުންގެ ފަރާތުން ދިވެހި ސަރުކާރަށް 1500 ޓަނުގެ މިނަރަލް ވޯޓާ ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ހަދިޔާ އާ ހަވާލުވެވަޑައިގަތީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. މި ހަދިޔާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިކްސިންއެވެ.

މި ހަދިޔާ ބެހުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ މުޖުތަމަޢުތަކަށް، ބޯފެނުގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅުތަކުގައި ބޭނުންކުރުމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ މޫސާ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޗައިނާއަކީ ރާއްޖޭގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ޤައުމެއްކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޒަމީރު ވަނީ ޗައިނާގެ ރައްޔިތުންނަށާއި ދިވެހި ސަރުކާރަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުމާއި ހެޔޮއެދުމަށްޓަކައި ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.