އިންތިޚާބުތަކުން ބަލިވިސަބަބު ދެނެގަތުމުގެ މަސައްކަތް އެމްޑީޕީން ފަށައިފި

އިންތިޚާބުތަކުން ބަލިވިސަބަބު ދެނެގަތުމުގެ މަސައްކަތް އެމްޑީޕީން ފަށައިފި

ފަހަކަށް އައިސް ބޭއްވި ބޮޑެތި އިންތިހާބުތަކުގައި އެމްޑީޕީއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައިވާތީ އެޕާޓީ އެ އިންތިޚާބުތަކުގައި ބަލިވި ސަބަބު ދެނެގަތުމަށް އާންމުންގެ ހިޔާލު ހޯދަން ފަށައިފިއެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ 1 މޭ 2024 ވަނަ ދުވަހުގެރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލިސްގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމުގައި ވަނީ 2023 ރިޔާސީ އިންތިޚާބު އަދި 2024 ގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ވީގޮތް ދެނެގަތުމުގެ ދިރާސާކުރާ ކޮމިޓީ އެއް އުފައްދާފައިވާކަމުގައެވެ.

އެގޮތުން މިކޮމިޓީއަށް މައުލޫމާތު ދެއްވަން ބޭނުންފުޅުވާ ބޭފުޅުންނާއި އަދި ޚިޔާލު ހުށައަޅުއްވަން ބޭނުންފުޅުވާ ބޭފުޅުން [email protected] އަށް މައުލޫމާތާއި ޚިޔާލު ހުށައެޅުއްވުން އެދޭކަމަށް އެޕާޓީން ބުނެފައި ވެއެވެ.

ފާއިތުވިއަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައިވެސް އެމްޑީޕީ ބަލިވެފައިވާއިރު އެންމެ ފަހުން ބޭއްވުނު މަޖިލިސް އިންތިޚާބުގައި އެޕާޓީއަށްވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *