އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިކޮށްލާފައިވާ ގާޒާގެ ރަފަހުގައި ތާށިވެފައި ތިބި ޑރ. ކުރުދީގެ އާއިލާ އެރަށުން ނެރެދިނުމަށް އެދުނީ އޭނާގެ އަންހެން ދަރިފުޅު މިންނާ އަލް ކުރުދީއެވެ. މިންނާ އެދުނީ އޭނާގެ ބައްޕަ ކައިރިއަށް ރާއްޖެއަށް ގެނެސްދިނުމަށެވެ. މިންނާ ވަނީ އެކަމަށް ފައިސާ އެއްކުރަން އެހީވެދޭ ފަންޑެއްވެސް ހުޅުވާފައެވެ.
އެ އާއިލާ ރާއްޖެއަށް ގެނައުމުގައި އިސްކޮށް މަސައްކަތްކުރީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ނެވެ. އެ ޖަމިއްޔާއިން ބުނީ އައިޔޫއެމްގެ ޕްރޮފެސަރ ޑރ.ކުރުދީގެ އާއިލާ ގައްޒާޒާއިން ނެރުމަށް ކުރެވެމުން އައި މަސައްކަތް ކާމިޔާބުވެ މިއަދު އެ އާއިލާ ރާއްޖެ ގެނެސްފައިވާކަމަށެވެ. އެއާއިލާ ގެނައުމަށް ދިވެހި ރައްޔިތުން ވެދިން އެހީ އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމުގައި ދިމާވި ހުރަސްތަކަށް ސަރުކާރުން ފޯރުކޮށްދިން އެހީވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
ޑރ. ކުރުދީ ރާއްޖޭގެ ކިޔަވާ ދޭން އުޅޭތާ އެތައް އަހަރެއް ވަނީ ވެފައެވެ. އަދި އޭނާއަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ހޭދަކުރީ ގައްޒާގައި ހުންނަ އެ އާއިލާގެ ގެ ބިނާކުރުމަށެވެ. އެހެންނަނަމެވެސް އިޒްރާއީލުގެ ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން ފައުޖުތަކުން ދެމުން އަންނަ ހަމަލާތަކުގައި އެ ގެވެސް ވަނީ ސުންނާފަތިކޮށްލާފައެވެ.