އީޕީއޭ ގާނޫނީ ގޮތުން މިނިވަން ކުރުމުގެ ވިސްމެއް ނެތް: ތާރިގު

އީޕީއޭ ގާނޫނީ ގޮތުން މިނިވަން ކުރުމުގެ ވިސްމެއް ނެތް: ތާރިގު

Author
ހުސައިން
23 މެއި 2024 01:27
0

ގާނޫނީގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެމުން ނުދާކަމުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތާރިގް ވިދާޅުވީ އީޕިއޭ މިނިވަންކުރުމުގެ ވިސްނުން ސަރުކާރުގެ އެބަ އޮތްތޯ ނޫސްވެރިއަކު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ތާރިގު ވިދާޅުވީ އީޕީއޭއަކީ ގާނޫނީގޮތުން މިނިވަން މުވައްސަސާއެއްގެ ގޮތުގައި ކަނޑަނޭޅި ނަމަވެސް، އެ އޮތޯރިޓީއަށް އެސިސްޓަންސް ފޯރުކޮށްދީ، އީޕީއޭއިން ބޭނުންވާ މަސައްކަތްތައް މިނިވަންކަމާއެކު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީއާއި އަދި އިތުރު މަސައްކަތް ކޮށްދޭނެ ފުރުސަތުތައް ފޯރުކޮށްދެމުންދާ ކަމުގައެވެ.

އަދިއެއް ގާނޫނީ ގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ނެތް.

މިނިސްޓަރު ވިދާޅުވިއެވެ.

އީޕީއޭއަކީ މިނިވަންކަމާއެކު މަސައްކަތްކުރެވޭ ތަނަކަށް ވާންޖެހޭ ކަމަށް ވިދާޅުވެ، މިކަން ހާސިލް ކުރުމަށް މިދިޔަ ސަރުކާރުންވެސް މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ދައުރު ނިމިގެން ދިޔައީ މިކަން ހާސިލް ނުވެއެވެ.

އީޕީއޭ މިހާރު އޮންނަ ގޮތުންނަމަ، އެއީ މިނިސްޓަރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށުން ހިންގާ މުއައްސަސާއެކެވެ. އެގޮތުން އީޕީއޭއާ ގުޅެ ގަވާއިދުތައް އެކުލަވާލަނީ މިނިސްޓްރީންނެވެ. އަދި އީޕީއޭގެ ބައެއް ނިންމުންތައް މިނިސްޓަރަށް އިސްތިއުނާފް ކުރުމުގެ ބާރުވެ ލިބިގެންވެއެވެ. އެގޮތުން އީޕީއޭއިން ހަދާ އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމެންޓްތައް އިސްތިއުނާފްކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.