ދަނޑުވެރިންނަށް ހިލޭ އެހީ ދޭ ސްކީމެއް އިއުލާންކޮށްފި

ދަނޑުވެރިންނަށް ހިލޭ އެހީ ދޭ ސްކީމެއް އިއުލާންކޮށްފި

Author
ޙަސަން މުޙައްމަދު
22 މެއި 2024 05:29
0

ދަނޑުވެރިންނަށް ހިލޭ އެހީ ދޭ ސްކީމެއް އިއުލާންކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސްކީމް އިއުލާންކޮށްދެއްވީ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު އައިޝަތު ރަމީލާ އެވެ.
"’ދަނޑުވެރި މަންފާ" ނަމުގައި ހުޅުވާލި އެ ސްކީމްގެ ދަށުން އެހީ ދޭނީ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުން ހޮވާލެވިފައިވާ 26 ރަށުގެ ދަނޑުވެރިންނާއި އެ ކަމުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ކަމަށް ރަމީލާ ވިދާޅުވި އެވެ.

އެ ސްކީމްގެ ދަށުން އެހީ ދޭއިރު އަންހެނުންނާއި ޒުވާނުންނަށް އިސްކަންދޭނެ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވީ އެވެ.

އެ ސްކީމްގެ އިތުރު ބުރުތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ބުރު ހުޅުވައިލާނީ ހަމައެކަނި ދަނޑުވެރި ތަކެތި އުފެއްދުމަށް ލޯނު ދޫނުކުރަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި، ގްރީން ހައުސް އިންސްޓޯލްކުރުމާއި ހައިޑްރޯފޯނިކް ސިސްޓަމްތައް ނުވަތަ ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.

އެ ސްކީމަށް އަންނަ މަހު 25އިން ފެށިގެން ކުރިމަތިލެވޭނެ އެވެ. ސްކީމަށް ކުރިމަތިލުމަށް އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.