އަންހެން ގްރޫޕަކުން މީހުންނަށް "ދަޅަ" ދައްކައިގެން ފޭރޭ މައްސަލައެއް

އަންހެން ގްރޫޕަކުން މީހުންނަށް "ދަޅަ" ދައްކައިގެން ފޭރޭ މައްސަލައެއް

Author
އަހުމަދު
21 މެއި 2024 02:10
0

ހުޅުމާލޭގައި އަންހެން ގްރޫޕަކުން އެކިއެކި ވާހަކަތައް ދައްކައި "ދަޅަ" ދައްކައިގެން ފްލެޓަކަށް ގެންގޮސް މީހުން އަތުން ފޭރޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެއެވެ. ފުލުހުން ބުނެފައި ވަނީ އެކަން ފުލުހުންގެ ސަމާލު ކަމަށް އައުމާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން ވަނީ ކާކުކަން ނޭނގޭ، ނުވަތަ ގޮތް ނޭނގޭ މީހުން ތަންތަނަށް ދާން އެދުމުން އެ ތަންތަނަށް ނުދާން އެދިފައެވެ.

ހިޔާ ފްލެޓްގެ ވައިބާ ގްރޫޕެއްގައި ޖަހާފައިވާ ޕޯސްޓެއްްގައި ބުނެފައި ވަނީ އަންހެނުންތަކެއް ގްރޫޕް ހަދައިގެން ފިރިހެން ކިޑްނެޕް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން އެއްވެސް އަންހެނަކު ބުނެގެން އެ ގޮތަށް އެދޭ އަންހެނުންގެ އެޕާޓުމަންޓައް ނުދިއުމަށް ހަނދާންކޮށް ދީފައިވެއެވެ.

މީގެ އިތުރުން ކުޑަކުދިން އިތުރަށް ސަމާލުވުމަށް ނަސޭހަތްތެރިވާ ކަމަށް އެ ގްރޫޕްގައި ލިޔެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.