މޫސުމަށް އަންނަ ބަދަލުތަކާއެކު ޕޯލް އެންޑް ލައިން މަސްވެރިކަމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވައިފި

މޫސުމަށް އަންނަ ބަދަލުތަކާއެކު ޕޯލް އެންޑް ލައިން މަސްވެރިކަމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވައިފި

ގުޅުންހުރި

މޫސުމަށް އަންނަ ބަދަލުތަކާއި މަސް ހިޖުރަކުރުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ޓޫނާ މަސްވެރިކަމުގެ ދެމެހެއްޓެނިވި ޕޯލް އެންޑް ލައިން މެތަޑްގެ މުހިންމުކަން ބޮޑުކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝިން ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ވިދާޅުވެއްޖެ އެވެ.

ތައިލެންޑުގައި މިހާރު ކުރިއަށްދާ 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޝަމާހު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި މިފްކޯއިން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރާނެ ކަމަށެވެ.

"މިފްކޯގައި އަޅުގަނޑުމެންގެ ދެމެހެއްޓެނިވި ކަމުގެ އަޚްލާޤަކީ ޕޯލް އެންޑް ލައިން މެތަޑާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ. "ޒަމާނުއްސުރެ ހިނގަމުން އަންނަ މި ޓެކްނޮލޮޖީއަކީ ހަމައެކަނި އަޅުގަނޑުމެންގެ ސަގާފީ ތަރިކަ ރަމްޒުކޮށްދޭ ޓެކްނޮލޮޖީއެއް ނޫން، ތިމާވެށީގެ ބެލެނިވެރިކަމަށް އަޅުގަނޑުމެން ކުރާ އަހައްމިއްޔަތުކަން ވެސް ދައްކުވައިދޭ ޓެކްނޮލޮޖީއެއް." ޕޯލް އަދި ލައިން މަސްވެރިކަމުން ލިބޭ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޝަމާހު ވިދާޅުވީ، އޭގެ ސަބަބުން ޑޮލްފިން އާއި މަންޓާ ރޭ ފަދަ ނުރައްކަލަށް ހުށަހެޅިފައިވާ ބާވަތްތައް ހިފުން ކުރުން މަދުކޮށް، ކަނޑުގެ އަޑިއަށް ލިބޭ ގެއްލުންތަކުން ސަލާމަތްވެ ކަނޑުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގާބިލުކަން ލިބިގެންދާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ޝަމާހު ވިދާޅުވީ ކަނޑުގެ ފިނިހޫނުމިން އިތުރުވުމާއި ކަނޑުގެ އެސިޑިފިކޭޝަން އަދި ޓޫނާ މައިގްރޭޝަން ޕެޓާންތަކަށް އަންނަ ބަދަލުތަކަކީ މަސްވެރިކަމުގެ އުފެއްދުންތެރިކަމަށް އަސަރުކުރާ މައިގަނޑު ކަންބޮޑުވުމެއް ކަމަށެވެ.

އަދި މި އަސަރުތައް ކުޑަކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ އާދަތައް ގެންގުޅެން ޖެހޭ ކަމަށް ވިދާޅުވިއެވެ. މި ޕްރެޒެންޓޭޝަންގައި ޝަމާހު ވަނީ މިފްކޯގެ ޕްރޮޑަކްޓް ރޭންޖާއި އީޔޫ ކޮމްޕްލަޔަންސް، އައިއެސްއޯ އަދި ހަލާލް ސެޓްފިކެޓް ފަދަ ބައިނަލްއަގުވާމީ ސެޓްފިކެޓްތަކުގެ މައުލޫމާތާއި މިފްކޯގެ އޮޕަރޭޝަންތަކާ ބެހޭ ގޮތުން މައުލޫމާތު ދީފަ އެވެ.

އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ޑިމާންޑާއި ފުދުންތެރިކަން އިތުރުވަމުންދާ މިންވަރަށް ކޭނެރީތަކާއި ކޯލްޑް ސްޓޯރޭޖް ފެސިލިޓީތަކާއި ކަލެކްޝަން އުޅަނދުތަކަށް އިންވެސްޓްކޮށްގެން މިފްކޯގެ މިޝަނަށް އެއްބާރުލުން ދިނުމަށް އިންވެސްޓަރުންނަށް ދައުވަތު ދެއްވިއެވެ.

ދުނިޔޭގެ ސީފުޑް އިންޑަސްޓްރީގައި ބާއްވާ އެންމެ ބޮޑު އެއްވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަނަކީ މަހުގެ އުފެއްދުންތައް ޕްރޮސެސްކޮށް މާކެޓް ކުރުމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި އެސޯސިއޭޝަންތައް ގުޅިގެން، އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މަގުފަހިކޮށްދޭ ޕްލެޓްފޯމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ