އަތޮޅުތެރެއިން މާލޭ ސްކޫލުތަކަށް ބަދަލުވާން ހުށަހަޅާފައިވާ އަދަދު 1126 އަށް

އަތޮޅުތެރެއިން މާލޭ ސްކޫލުތަކަށް ބަދަލުވާން ހުށަހަޅާފައިވާ އަދަދު 1126 އަށް

Author
ޙަސަން މުޙައްމަދު
21 މެއި 2024 11:11
0

ދިރާސީ އާ އަހަރަށް ރަށްރަށުން މާލޭ ސްކޫލުތަކަށް ބަދަލުވާން ހުށަހަޅާފައިވާ އަދަދު މިހާތަނަށް 1126 އަށް އަރާފައިވާކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ދިރާސީ އާ އަހަރަށް މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން އަލަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް ފޯމު ހުށަހަޅާފައިވާ ގޮތުގެ އަދާހަމަ ހާމަކުރަމުންނެވެ.

ފާއިތުވި ހަފްތާގައި އެޑިއުކޭޝަން މިނިސްޓްރީންވަނީ، މާލޭގެ ސްކޫލުތަކަށް އަލަށް ދަރިވަރުން ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މޭމަހުގެ 16 ވަނަ ދުވަހުގެ 2:00 އާއި ހަމައަށް ހުޅުވާލާފައިވާކަމުގައެވެ.

ތައުލީމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ ފަހަކުން ފެށިގެން ހަތަކަށް ފޯމު ހުށައެޅުމަށް އެ ވުޒާރާއިން ހުޅުވާލި ފުރުސަތުގައި، އަތޮޅުތަކުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް ވަނުމަށް 967 ފޯމެއް ވަނީ ހުށައަޅާފައެވެ. އެ މުއްދަތުގައި ވުޒާރާއަށް ޖުމްލަ 4117 ފޯމެއް ވަނީ ހުށަހަޅާފައެވެ.

އަދި މުއްދަތު އިތުރުކުރި ދެ ދުވަހުގެ ތެރޭގައި 293 އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި އަތޮޅުތެރޭން ހުށަހަޅާފައިވާ 159 ފޯމު ހިމެނޭއިރު 134 ފޯމަކީ މާލޭ ސަރަހައްދުން ހުށަހަޅާފައިވާ ފޯމުތަކެވެ.

އޭގެ އިތުރުން ޕްރީ ސްކޫލް ނިންމާ ގްރޭޑް 1 އަށް ވަނުމަށް އެދި 1990 ފޯމެއް ހުށަހަޅާފައިވާއިރު ގްރޭޑް ބަދަލުކުރުމަށް އެދި 1158 ފޯމެއް ހުށަހަޅާފައި ވެއެވެ.

ސްކޫލްތަކަށް ބަދަލުވުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 4410 ފޯމެއް ހުށަހަޅާފައިވާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކުރިޔަށްއޮތް ދިރާސީ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.